ހީނާ ޚާން ރާއްޖޭގައި

ހީނާ ޚާން އާއި އޭނާގެ ލޯބިވެރިޔާ ރޮކީ---

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ކޮމަލިކާގެ ރޯލު ކުޅޭ ހީނާ ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ހީނާ އާއި އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު ރާއްޖެގައި ޗުއްޓީ ހޭދަކުރަމުންދަނީ ހިތްގައިމު ރިސޯޓެއް ކަމަށްވާ ޖުމައިރާ ރިސޯޓްގައެވެ.

ހީނާ ދަނީ އޭނާގެ ޗުއްޓީގެ ބައެއް ފޮޓޯ އޭނާގެ އިންސްޓާގްރާމްގެ އެކައުންޓްގައި ހިއްސާ ކުރަމުންނެވެ.

ހިނާ ވަނީ ގިނަ ޑްރާމާ ސިލްސިލާތަކުން މީގެ ކުރިންވެސް ފެނިގެން ގޮއްސައެވެ. އޭގެ ތެރޭގައި ސްޓާޕްލަސް އިން މިހާރުވެސް ދައްކަމުން އަންނަ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާހޭ" ހިމެނެއެވެ.

comment ކޮމެންޓް