އެމްޓީސީސީން މާލެއާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ކުރަމުންގެންދާ ފެރީތަކުގެ ތެރެއިން ޕްރިމިއަމް ފެރީ (އޭސީ ފެރީ) ފިޔަވައި ހުރިހާ ފެރީއެއް މާދަމާއިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.
އެމްޓީިސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިނަމާލެ ބުރިޖު ހުޅުވުމާ ގުޅިގެން ހުޅުމާލެއާ މާލެ އަދި ހުޅުލެއާ ދެމުދު ބާއްވަމުންދާ ފެރީގެ ހިދުމަތް މާދަމާ ރޭ 12 ގެ ފަހުން ހުއްޓާލާނެ ކަމަށެވެ.
އެމްޓީސީސން ހުއްޓާލަން ނިންމި ފެރީގެ ތެރޭގައި މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން ގެންދާ ނޯމަލް ފެރީއާއި އަދި އެކްސްޕްރެސް ފެރީގެ ހިދުމަތް ހިމެނެއެވެ.
ގިނަ ފެރީތައް ހުއްޓާލިނަމަވެސް އެމްޓީސީން ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރުމަހު ސިނަމާލެ ބުރިޖު ހުޅުވުމާ ގުޅިގެން އެމްޓީސީ ފެރީގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.