މަޖިލީހުގެ އިމްތިޔާޒަކާއި ބާރުތަކުގެ ގާނޫނު އުވާލަން ހުށަހަޅަނީ

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނު އުވާލަން އާދިއްތަ ހުށަހަޅާނެ ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ތާވަލުކޮށްގެން މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި، އެ ގާނޫނު އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރިޔާޒް ވިދާޅުވީ މިހާރަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ލިބޭ އިމްތިޔާޒާއި ބާރުތައް ބޭނުން ނުވާކަމުގެ އަޑުތަކެއް އިވެމުންދާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުން ލިބޭ ހައްގުތައް އުނިކުރުމަށްޓަކައި އެ ގާނޫނު އުވާލުމަށް އާދީއްތަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އެއީ މިއަދު އަޅުގަނޑަށް މި ފެންނަނީ މިކަން ގަބޫލުނުކުރާކަމަށް. މަޖިލީހުގެ އެއްވެސް މެމްބަރަކަށް އެއްވެސް އިމްތިޔާޒެއް އޮންނަން ނުޖެހޭނެކަމަށް މީހުން ގަބޫލުނުކުރާ ކަމަށް،"

ރިޔާޒް ވިދާޅުވީ އެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަކީ އޭނާ މަޖިލީހަށް ހުށަހެޅުއްވި ގާނޫނެއް ކަމަށެވެ.

"އަޅުގަނޑު އެ ދުވަހު ބަލާލަން ބޭނުންވޭ ކިތައް މެމްބަރުންތޯ އެކަމަށް ތާއީދުކުރަނީ، އަދި ކިތައް މެމްބަރުންތޯ ތާއީދުނުކުރަނީ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހަށް މެމްބަރުން އަންނަނީ ރައްޔިތުން

comment ކޮމެންޓް