ސައުދީގެ އިސްވެރިއަކު ހަޝޯގީގެ މަރުގެ މައްސަލައިން ރެކެން މަސައްކަތްކުރޭ: ތުރުކީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން. ސައުދީގެ އިސްވެރިއަކު ހަޝޯގީގެ މަރުގެ މައްސަލައިން ރެކެން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އޭއެފްޕީ

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ތެރޭ މަރާލި ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައިން ރެކެން ސައުދީގެ އިސްވެރިއަކު މަސައްކަތްކުރަމުންގެންދާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ތައްޔިބު އުރުދުއާން ތުހުމަތުކުރައްވައިފިއެވެ.

އެ މައްސަލައިގައި ސައުދީން ގޭސްގަނޑެއް އަނބުރަމުންގެންދާ ކަމަށްވެސް އުރުދުއާން ވަނީ ތުހުމަތުކުރައްވައިފައެވެ. އުރުުދުއާން ވިދާޅުވީ އެ މައްސަލައިގެ ހަގީގަތް ޖަރުމަނާއި ފްރާންސްގެ ވެރިންނާވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

މިއީ ސީދާ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއަށް އިޝާރަތްކުރައްވައި ދެއްކެވި ވާހަކައެއް ކަމަށް ގިނަ މުރާސިލުން ދަނީ ބުނަމުންނެވެ. މިއީ އެފަދައިން އުރުދުއާން ވާހަކަދެއްކެވި ފުރަތަމަ ފަހަރުވެސް މެއެވެ.

ޚާޝުގްޖީ ގެއްލިފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. އެނާ އާއެކު ދިޔަ ހަދީޖާ ހުރީ ކޮންސިއުލޭޓު ބޭރުގަ އެވެ. އެގާރަ ގަޑިއިރު ވީއިރު ވެސް ޚަޝުގްޖީގެ ހަބަރެއް ނުވުމުން ހަދީޖާ ވަނީ އެކަން ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.

ޚާޝުގްޖީ ކޮންސިއުލޭޓުން ބޭރަށް ނިކުތްކަމަށް ސައުދީ އިން ފުރަތަމަ ބުނި ނަމަވެސް ފަހުން ސައުދީ އިން ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ޚާޝުގްޖީ މަރުވެފައިވާ ކަމަށެވެ. އަދި ފަހުން ނޫސްވެރިޔާ ރާވައިގެން މަރާލީކަމަށްވެސް ސައުދީން ވަނީ އެއްބަސްވެފައެވެ.

ސަައުދީގެ ރަސްގެފާނު ސަލްމާން ބިން އަލް ސައުދު ވަނީ ނޫސްވެރިޔާގެ މަރުގެ މައްސަލަ ތަހުގީގްކުރުމަށް ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ. އެ ކޮމެޓީގައި އިސްކޮށް ހުންނަވަނީ ދަރިވަކލުން މުހައްމަދު ބިން ސަލްމާންއެވެ. މުހައްމަދު ވަނީ އެ މައްސަލައިގައި އަދަބުލިބެން ޖެހޭ ހުރިހާ ފަރާތްތަކަށް ފުރިހަމަމއަށް އަދަބު ދެއްވާނެކަަމަށްވެސް ވައުދެވެވަޑައިގެންފައެވެ.

comment ކޮމެންޓް