ބަނގުލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ބަނގުލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ހަ ފުރުސަތު، ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސްގެ އިތުރުން ބެޗެލާސް އިން ޑެންޓަލް ސާޖަރީ ހެދުމުގެ އެއް ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ފުރުސަތުތަކުގެ ދަށުން ބަނގުލަދޭޝް ސަރުކާރުން ހިންގާ 29 މެޑިކަލް ކޮލެޖުގެ އިތުރުން އަމިއްލަ 67 ކޮލެޖެއްގައި އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަަމަަށެވެ. އަދި ޑެންޓަލް ސާޖަރީ ހަދަންބޭނުންވާ ފަރާތްތަކަށް ސަރުކާރުން ހިންގާ ނުވަ ޑެންޓަލް ކޮލެޖާއި އަމިއްލަ 23 ކޮލެޖަށް އެޕްލައި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެ ސްކޯލާޝިޕްތަކަކީ ސާކު ގައުމުތަކަށް ޑިސްކައުންޓެޑް ރޭޓްގައި ކޯސް ފީ ހަމަޖެހިފަިއވާ ސްކޮލަޝިޕްތަކެއް ކަމަށެވެ. އަދި ކޯސްފީއާއި އެހެނިހެން ހަރަދުތައް ހަމަޖައްސަންޖެހޭނީ އަމިއްލައަށް ކަމަށެވެ. އަދި އަމިއްލަ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ނަމަ ލޯނު ހަމަޖައްސައިދޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ބޭނުންވާ ނަަމަ ނޮވެމްބަރު 5 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

comment ކޮމެންޓް