މެޑަމް ފާތުން މާލެ ވަޑައިގެންފި

މެޑަމް ފާތުން މާލެ ވަޑައިގަތުމުން، އިޒުއްދީން ފާލަމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަބަލުން، ފާތުމަތު އިބްރާހިމް މިއަދު ހެދުނު މާލެ ވަޑައިގެންފި އެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ލިބިވަޑައިގަތް ނާކާމިޔާބާށް ފަހު މިމަހު 6 ވަނަ ދުވަހު އެކަމަނާ ވަނީ ރާއްޖެ އިން ބޭރަށް ވާޑައިގެންފަ އެވެ. އިދިކޮޅު ފަރާތްކުން އޭރު އެކަމަނާ ފިއްލެވީ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ފަސްޓް ލޭޑީ ފާތުން އެނބުރި ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފިރިކަލުން ރައީސް ޔާމީނާއި ބައެެއް ވަޒީރުންނެވެ. އިއްޒުއްދީން ފާލަން ސަރަހައްދަށް ޕީޕިއެމްގެ އިސްވެރިންނާއި އެކަމަނާގެ ސަޕޯޓަރުން ވަޑައިގެންނެވި އެވެ.

ފަސްޓް ލޭޑީގެ ދަތުރުފުޅާ ގޫޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ނުލިބެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ފަހު ހަނގު ފިރިހެން ދަރިކަލުންނާ އެކު ފާތުމަތު އިބްރާހިމް ވަޑައިގަތީ ސައުދީ އަރަބިއްޔާ އަށެވެ.

comment ކޮމެންޓް