މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރާލައިފި

މީގެ ކުރިން މާލޭގައި މާރާމާރިއެއް ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި 14 އަހަރުގެ ކުއްޖަކު މަރާލައިފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ސ.ފޭދޫ ހީނާމާގޭ އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފް އެވެ. އޭނާ އަށް ހަމަލާދީފައި ވަނީ ރޭ މެންދަމު 2:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ޝައްފާނު މަރުވެފައި ވަނީ ލިބުނު އަނިޔާރަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އެނާގެ ކަރަށް ވަޅިން ހަމަލާދީފައިވާކަމަށްވެ އެވެ.

ފުރާވަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައިވާއިރު ހޯމަ ދުވަހުގެ ރޭ ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އޭނާ އަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް އެވެ.

މީގެ އިތުރުން އިއްޔެ ވެސް ޣިޔާސުއްދީނު ސްކޫލު ކައިރީ މީހަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ.

comment ކޮމެންޓް