ފުވައްމުލަކުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި

ފުވަައްމުލަށް ސިޓީ އިން ހޯދި ބަގުރާ އުފެއްދުމަށް ބޭނުން ކުރާ ސާމާނު ތަކެއް -- ފޮޓޯ ފުލުސް

ފުވައްމުލައް ސިޓީ އިން ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ ސާމާނުތަކެއް ފުލުހުން ހޯދައިފި އެވެ.

މި ތަކެތި ހޯދާފައި ވަނީ އިިއްޔެ އެ ރަށު ޗަސްބިން ހިމެނޭ ތިން ސަރަހައްދެއް ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ މިތަކެތި ފެނިފައި ވަނީ ފުވައްމުލަކުގައި ބަނގުރާ އުފައްދުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ.

އެގޮތުން އެ ތިން ސަރަހައްދެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 20 ލީޓަރުގެ ހަންތަކެއް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެނެވި ފަ އެވެ.

މި މައްސަލާގައި އެއްވެސް މިހާކު ހައްޔަރު ކުރި ކަމެއް އަދި ނުކުރާ ކަމެއް ވެސް ފުލުހުން ކަށަވަރު ކޮށެއް ނުދެ އެވެ.

comment ކޮމެންޓް