އަންނަ މަހު އެއް ވަނަ ދުވަހު މާލެ ދާނަން: ރައީސް ނަޝީދު

ރައީސް ނަޝީދު: ނޮވެމްބަރ މަހު 1 ވަނަ ދުވަހު މާލެ ވަޑައިގަންނަވަނީ

ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހުގެ ފުރަތަމަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ނަޝީދު ވިދާޅުވީ މާތްﷲގެ އިރާދަފުޅުން އެބޭފުޅާ ގަސްތުކުއްރަނީ ނޮވެމްބަރު މަހު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ކަމަށެވެ.

https://twitter.com/MohamedNasheed/status/1047382552422506496

ތޭރަ އަހަރުގެ ޓެރަރިޒަމް ހުކުމްގެ މަދު ދުވަސް ކޮޅެއް ޖަލުގައި ހޭދަކުރުމަށް ފަހު ބޭސްފަރުވާއަށް ކަމަށް ބުނެ ނާޝީދު ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުމަށް ގައުމަށް އެނބުރި ވަޑައިނުގަތުމުން ސަރުކާރުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓު ކެންސަލްކޮށްފަ އެވެ. ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެފަހުން ނަޝީދު ދިރިއުޅެމުން ގެންދިޔައީ އިނގިރޭސީ ވިލާތާއި ސްރީލަންކާގަ އެވެ.

ނަޝިދުގެ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށް ބޭރުގެ ބައެއް ޖަމިއްޔާތާކާއި އިދިކޮޅު ސިޔާސީ ޕަޓީތަކުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް