ނިޕޯން ޕެއިންޓްގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި

އެސްޓީއޯ އިން ވަނީ ނިޕޯން ޕެއިންޓަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި --- ފޮޓޯ: އެސްޓީއޯ

ނިޕޯން ޕެއިންޓަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.

"ކަލާ ޔޯ ވޯލްޑް"ގެ ނަމުގައި އެސްޓީއޯ އިން ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ ދަށުން 15 ޕަސެންޓުގެ ޑިސްކައުންޓާ އެކު ނިޕޯން ބްރޭންޑުގެ ކުލަތައް ލިބޭނެ އެވެ.

މީގެ އިތުރުން ޕްރޮމޯޝަނުގެ ތެރޭގައި ކުރާ ކޮންމެ 1000 ރުފިޔާގެ މަތީ ވިޔަފާރިއަކަށް އެކްސަސަރީސް ވެސް ލިބޭނެ އެވެ. މީގެ ތެރޭގައި ނިޕޯން ރޯލާ ހެޑްލް، ރޯލާ ރީފިލް، ޕެއިންޓް ސްކެރެޕާ، ޕެއިންޓް ޓްރޭ، ޕެއިންޓް ބްރަޝް އަދި މާސްކިންގް ޓޭޕް ހިމެނެ އެވެ. މީގެ އިތުރުން 5000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ހަދިޔާއެއް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނުގެ ތެރެއިންކުރާ ކޮންމެ 1000 ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިއަކު ހޮވައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.

މިގޮތުން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 35000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ދެވަނައަށް ހޮވޭ ފަރާތަކަށް 25000 ރުފިޔާގެ އަގުހުރި ހޯމްއެޕްލައަންސަސް އަދި ތިން ވަނަ ނަސީބުވެރިއަކަށް ގިލި ލަންކަންފުށި ރިސޯޓް ދަތުރެއް ދެ ދުވަހަށް ދެފަރާތަކަށް ލިބޭނެ އެވެ.

އެސްޓީއޯއަކީ ރާއްޖޭގައި ނިޕޯން ޕެއިންޓްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

~ ~

comment ކޮމެންޓް