ހިޓާޗީ ދޮންނަ މެޝިންގެ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި

އެސްޓީއޯ އިން ކުރިއަށް ގެންާ ހެޕީ ލޯންޑްރީ ޕްރޮމޯ --- ފޮޓޯ: އެސްޓީއޯ

"ހެޕީ ލޯންޑްރީ"ގެ ނަމުގައި ހިޓާޗީ ދޮންނަ މެޝިންގެ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.

ސެޕްޓެމްބަރު މަހުގެ 27 އިން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ދަށުން ހެޔޮއަގުގައި ހިޓާޗީ ދޮންނަމެޝިން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެ މެޝިން ގަތުމުން މާލެ އާއި ހުޅުމާލެ އަށް ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮމޯޝަނުގެ ދަށުން ވިއްކާ އޮޓަމެޓިކް ދޮންނަ މެޝިނަކީ ފެނުގެ ހަރަދުކުޑަ، ކަރަންޓު ހަރަދު ކުޑަ ކޮށްދޭ އަދި މަދު އަންނައުނު ކޮޅެއް ދޮވެލަން ވެސް ހަރަދު ކުޑަ މެޝިންއެއް ކަމަށެވެ. މީގެ އިތުރުން ބާރު ސްޕީޑްގައި އަންނައުނު ހިއްކާލަދޭ އަދި ބެކްޓީރިއާތައް ނައްތާލަދޭ ޕުލާސްޓިކް ޓަބް ލެވިފައިވާ މެނުއަލް ދޮންނަ މެޝިން ވެސް މިޕްރޮމޯޝަނުގެ ދަށުން ވިއްކާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯއަކީ ހިޓާޗީ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަދި އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑަރެކެވެ. އަދި ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިން އަށް އެއް އަހަރު ދުވަހުގެ ވޮރޮންޓީ ވެސް އެސްޓީއޯ އިން ދެ އެވެ.
~ ~ ~

comment ކޮމެންޓް