އިންޑިއާ ބޮޑު ވަޒީރު މައުމޫނަށް ގުޅުއްވައި ހިތްވަރު ދެއްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ --

އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ކުރީގެ ރައީސް މައުމޫނަށް ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ކުރީގެ ރައީސް މައުމޫން އެއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ ސަޕޯޓާއި އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށެވެ. އަދި އެ މަނިކުފާނާ މެދު މޯދީ ބަހައްޓަވާ ގާތްކަމާއި ދެއްކެވި ވާހަކަތަކަށް ޝުކުރުވެރި ވާ ކަމަށެވެ.

https://twitter.com/maumoonagayoom/status/1047102107994619904

މޯދީ ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވެސް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ވަނީ ދައުވަތު ވެސް އަރުވައިފަ އެވެ. އަދި އިބޫ އިންޑިއާއަށް ވަޑައިގެންނެވުމަށް މޯދީ ވަނީ ދައުވަތު ދެއްވައިފަ އެވެ.

މިދިޔަ ފަސް އަހަރު ތެރޭ ސަރުކާރުން ޗާއިނާއާ އޮތް ގާތް ގުޅުމުގެ ސަބަބުން އިންޑިއާ ރާއްޖެ ގުޅުން ވަނީ ހީނަރު ވެފަ އެވެ.

comment ކޮމެންޓް