އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑު ހިދުމަތް ގދ. ގައްދުއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ގައްދޫ އަށް ތައާރަފު ކުރުން ---- ފޮޓޯ: އުރީދޫ

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ގައްދޫއަށް ތައާރަފުކޮށްފި އެވެ.

އުރީދޫއިން ބުނީ އޮކްޓޯބަރު 25ގެ ނިޔަލަށް ސުޕަނެޓް ހިދުމަތް ހޯދާ ފަރާތްތަކަށް 12 މަސް ވަންދެން ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ. އުރީދޫ އިން ބުނީ ގައްދޫއަށް ސުޕަނެޓްގެ ހިދުމަތް ގުޅައިދިނުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އުރީދޫގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫ އިން އަބަދު ވެސް އިސްކަންދޭ ކަމަށެވެ.

"އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދިނުމުގައި، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތް ވަރަށް މުހިއްމު ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،"

އުރީދޫއިން ބުނީ ސުޕަނެޓުގެ ހިދުމަތާ އެކު، ގައްދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށެވެ.

ސުޕަނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިކޮށްދިނުމަށް އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާ އެކު ސުޕާނެޓްގެ ރައުޓަރު ގަނެވޭނެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.

ގައްދޫއަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ ޝައިން އިންވެސްޓްމެންޓްސްއެވެ.

comment ކޮމެންޓް