ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ހޯމަ އަދި އަންގާރާ ދުވަހަށް ތާވަލު ކޮށްފި

އިލެކްޝަންސް ކޮމިޝަން އިން ގޮނޑި ގެއްލިފާވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ އަންނަ ހަފްތާއަށް ތާވަލް ކޮށްފަ -- ސަން ފޮޓޯ

ރައްޔިތުން މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައިވާ، ހަތަރު މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން އަންނަ ހޯމަ އަދި އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެގޮތުން އަންނަ ހޯމަ ދުވަހު ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދުގެ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. އަދި އަންގާރަ ދުވަހު ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްސަލަ ވަނީ ތާވަލު ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ 1 ފެބްރުއަރީގައި ނެރުނު އަމުރުގައި އެ ހަތަރު މެމްބަރުން ހިމެނޭ ގޮތަށް 12 މެމަބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމައިފަ އެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ވަކި ގޮތެއް ނުނިންމައި އެ މައްސަލާގައި އެކެއް ފެބުރުއަރީ އަމުރުގައި ހުރި ބައިތައް ސުޕްރީމް ކޯޓުން ބާތިލުކޮށްފަ އެވެ.

ގޮނޑި ގެއްލުނު ކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ހަތަރު މެމްބަރުންގެ މައްސަލަ ބަލަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

comment ކޮމެންޓް