ނިރު ހެކަތަން ކައުރީއިން ކާމިޔާބުކޮށްފި، އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމު

ނިރު ހެކަތޮން ކާމިޔާބުކުރި ކައުރީ --- ފޮޓޯ: އުރީދޫ

އުރީދޫއިން ކުރިއަށް ގެންދިޔަ ނިރު ހެކަތަން ކައުރީއިން ކާމިޔާބު ކޮށްފިއެވެ.

ކައުރީއަކީ މާލީ ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާނެ ފައިނޭންޝަލް ޕްލެޓްފޯމެކެވެ. ކައުރީގެ އިތުރުން އިތުރު ތިން ޓީމެއް ވަނީ ނިރު އެކްސެލެރޭޓާ ޕްރޮގްރާމަށް ހޮވިފައެވެ. މި ޕްރޮގްރާމަށް ދެން ހޮވުނު ޓީމު ތަކަކީ:

• ކުނބު: ފަސޭހަކަމާއެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓް ނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.
• ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.
• ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

ނިރު އެކްސެލެރޭޓާއަކީ ދިވެހި މުޖުތަމައަށް މަންފާކުރާނެ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވަނީ އުރީދޫއާއި ޑައިލޮގް އެކްޒިއޭޓާގެ އައިޑިއާމާޓް ގުޅިގެން މި ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކެވެ.

ނިރު އެކްސެލެރޭޓާއަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް އޮތް ޕްލެޓްފޯމެކެވެ.

އެކްސެލެރޭޓަރަށް ހޮވާލެވޭ ޓީމުތަކަށް ސީޑް ފަންޑިންގްއާއި 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް އަދި މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސްއާއި ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެއެވެ. ޓްރެއިނިންގް ޕްރޮގްރާމް ނިމުމުން އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގު މުއްދަތަށް ދެމިގެންދާނެ ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބޭނެއެވެ.

"އުރީދޫއިން ނިރު ފަށާފައިވަނީ ދިވެހިރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެ، ބައިނަލްއަގުވާމީ ޑިޖިޓަލް ރިވޮލިއުޝަންގައި ބައިވެރިވުމަށް ދިވެހިންނަށް އެހީތެރިވެދީ، ހިތްވަރުދިނުމުގެ ގޮތުން. މިދެދުވަހު ކުރިއަށް ގޮސްފައިވާ ނިރު ހެކަތަންގައިވެސް ވަނީ ދިވެހި ޑެވެލޮޕަރުންނާއި، އެންޓްރެޕްރިނިއަރުންގެ ކުޅަދާނަކަން ފެނިފައި. މިގޮތުން، ނިރު އެކްސެލެރޭޓާރ މެދުވެރިކޮށް މި ޓީމްތަކުގެ ސްޓާޓް-އަޕް ވިޔަފާރިތައް ބިނާ ކުރުމަށް ބޭނުންވާ ޓޫލްތަކާއި، ތަޖުރިބާކާރު މެންޓަރުންގެ އެހީތެރިކަން ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ 24 ގަޑިއިރުގެ ހެކަތަންގައި، ހަ ޓީމެއް ބައިވެރިވެ، ޑިޖިޓަލް ވިޔަފާރިތަކުގެ ކޮށްސެޕްޓް ވަނީ ހުށަހަޅާފައެވެ.

މި ޓީމްތަކުގެ ވިޔަފާރީގެ ޚިޔާލުތައް އިތުރަށް ފައްކާކޮށް، ޕްރޮޓޯޓައިޕް ހެދުމުގައި އުރީދޫ، އައިޑިއާމާޓް އަދި އެލައިޑްގެ މެންޓަރުންގެ އެހީވަނީ ފޯރުކޮށްދީފައެވެ.

https://sun.mv/107581

ހެކަތަންގައި ބައިވެރިވި ޓީމުތަކުން، އެކްސެލެރޭޓާރގައި ބައިވެރިވުމަށް ޓީމްތައް ހޮވާފައިވަނީ، ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ކޮމިޓީއަކުންނެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުން ދިނުމަށްޓަކައި، ނިރު އެކްސެލެރޭޓާރ، ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިއަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫއިން ކުރިއަށްގެންދެއެވެ.

comment ކޮމެންޓް