މާލޭގައި ވަޅި ހަރައި ޒުވާނަކު މަރާލައިފި

މިރޭ ވަޅި ހެރުމުން މަރުވި ޒުވާނާ -- ފޮޓޯ: ސޯޝަލް މީޑިއާ

އެމްއެމްއޭ ބިލްޑިން ހުންނަ ސަރަަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މިރޭ މަރާލައިފި އެވެ.

އެނގިފައިވާ ގޮތުން ވަޅިން ހަމަލާ ދީފައިވަނީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް އެވެ. ވަޅި ހަރާފައިވަނީ އޭނާގެ ކަރަށް ކަމަށް ވެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން" އަށް ވިދާޅުވީ، އެނާ ހޮސްޕިޓަލަށް ގެނާއިރު ވެސް މަރުވެފައިވާ ކަމަށެވެ.

ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ވަޅިން ހަމަލާދީ ޒުވާނަކު މަރާލިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފަހަކަށް އައިސް ވަޅިން ހަމަލާދީ، މާރާމާރީ ހިންގުން މާލެ އާއި ހުޅުމާލޭގައި ވަނީ އާންމުވެފަ އެވެ. މިދިއަ ހަފްތާގައި ކޯރާޑިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި އިރު، އޭޑީކޭ ހޮސްޕިޓަލުގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް