ސްޓޮކް ދައްވުުމުން 10 އަދި 100 ރުފިޔާގެ އިތުރު ނޫޓުތައް ދައުރު ކުރަނީ

އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން 10 އަދި 100 ރުފިޔާގެ އިތުރު ނޫޓުތަކެއް ދައުރު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

ދައުރު ކުރަން ހަމަޖެހިފައި ވަނީ އަލުން ޗާޕުކޮށްގެން މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުތަކެވެ.

އެ ނޫޓުތައް ދައުރުވާ ފައިސާގެ ތެރެއަށް އަންނަ ސެޕްޓެންބަރު މަހުގެ ތިން ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

އެމްއެމްއޭއިން ބުނީ އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ކަމަށާއި އެ ދެ ނޫޓުގައިވެސް ތާރީހަކަށް ޖަހާފައި ވާނީ 10 މާރިޗު 2018، 22 ޖުމާދަލްއާޚިރާ 1439 ކަމަށެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެއެވެ.

comment ކޮމެންޓް