25 އަހަރަށް ފަހު މާކީސިއޯ ޔުވެންޓަސް ދޫކޮށްލައިފި

25 އަހަރަށް ފަހު އިޓަލީގެ މިޑްފީލްޑަރު ކްލައުޑިއޯ މާކީސިއޯ ވަނީ ޔުވެންޓަސް ދޫކޮށްލާފަ -- ފޮޓޯ: ގެޓީ

ފަންސަވީސް އަހަރަށް ފަހު އިޓަލީގެ މިޑްފީލްޑަރު ކްލައުޑިއޯ މާކީސިއޯ ޔުވެންޓަސް ދޫކޮށްލައިފި އެވެ.

އުމުރުން 32 އަހަރުގެ މާކީސިއޯ ޔުވެންޓަސް ދޫކޮށްލަން ނިންމީ އޭނާގެ ކޮންޓުރެކްޓުގައި ބާކީ ދެ އަހަރު އޮއްވަ އެވެ.

އެޓީމު ދޫކޮށްލަން ނިންމި ސަބަބު ހާމަ ނުކުރި ނަމަވެސް މާކީސިއޯ ވަނީ "ހުރިހާ ހާލަތެއްގައި ވެސް، ޓީމަށް އެންމެ ރަނގަޅު ގޮތަކަށް" އިސްކަން ދޭން ޖެހޭ ކަން ގަބޫލު ކުރާ ކަމަށް ބުނެފަ އެވެ.

އުމުރުން ހަތް އަހަރުގައި ޔުވެންޓަސްއަށް ކުޅެން ފެށި މާކީސިއޯ ވަނީ އެޓީމަށް 389 މެޗު ކުޅެދީފަ އެވެ.

އޭނާ ވަނީ އެކުލަބާއި އެކު، ހަތް އިޓާލިއަން ލީގާއި ހަތަރު އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް