ދ. ބަނޑިދޫއަށް ވިއްސާރަޔާއެކު ގަދަ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު މަމްދޫހު "ސަން"އަށް ވިދާޅުވީ މިއަދު 11 ޖެހިކަންހާއިރު ގަދަވަޔާއެކު އެރަށަށް ރޯޅިއެއް އަރައި ގެއްލުންތަކެއްވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އޭގެ އިތުރުން ސުކޫލްގެ ކުލާސް ރޫމަކަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ރަށު އާސާރީ މިސްކިތަށްވެސް ފެން ވަދެ ގެއްލުންތަކެއްވެފައިވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

ބަނޑިދޫ އާސާރީ މިސްކިތަށް ފެންވެހިފައި--- ފޮޓޯ/ކިޔުންތެރިއެއް
ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބުނެފައެވެ. ކުރިއަށް އޮތްތަނުގައިވެސް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.