ލިލީ އިންޓަނޭޝަނަލްގެ ކަވަން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

ކަވަން ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން

ލިލީ އިންޓަނޭޝަނަލުން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، އެ ކުންފުނިން ވިއްކާ ކަވަން ބްރޭންޑްގެ ސާމާނަށް ޚާއްސަކޮށް ފެށި ޕްރޮމޯޝަނުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

އަމީނީމަގުގައި ހުންނަ ލިލީގެ ސްޓޮޕް އެންޑް ޝޮޕްގައި ބޭއްވި ރަސްމިއްޔާތުގައި، ނަސީބުވެރިއަކަށް ހޮވިފައިވަނީ ކޫޕަން ނަންބަރު 15539 އެކެވެ.

ލިލީ އިންޓަނޭޝަނަލުން ބުނީ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނު މީހާއަށް، ހަ މަސް ދުވަސް ވަންދެން ކަވަން ބްރޭންޑްގެ އުފެއްދުންތައް ހިލޭ ލިބޭނެ ކަމަށެވެ.

ކަވަންއަކީ އަތް މައްޗަށް ވީހާވެސް ލުއިކޮށް ކާނާގެ ބަވަތްތައް ތައްޔާރުކޮށްލެވޭ ގޮތަށް ހުންނަ ބްރޭންޑެކެވެ. އެގޮތުން ފަސޭހަކަމާއެކު ފިހެލެވޭ ގޮތަށް ހުންނ،ަ ކަވަން ބްރޭންޑްގެ ފަރާޓާ ފަދަ ގިނަ ސާމާނުތައް ލިލީ އިންޓަނޭޝަނަލުން ވިއްކައެވެ.

ކަވަން ބްރޭންޑްގެ އުފެއްދުންތައް އެ ކުންފުނިން ރާއްޖޭގައި ވިއްކާތަ 13 އަހަރު ވެއްޖެއެވެ. އެ ބްރޭންޑްގެ އުފެއްދުންތަކަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮޑަކްޓްތަކެއް ކަމަށް ވެސް ލިލީ އިންޓަނޭޝަނަލުން ބުނެ އެވެ.

comment ކޮމެންޓް