ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ވަރަށް ފޯރިގަދަ، ކުއާޓާގެ ޓީމުތައް މިރޭ ޔަގީންވާނެ!

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ އެންމެފަހު މެޗުތަކުގެ ފޯރި ގަދަވެފައިވާ އިރު، ކުއާޓާ ފައިނަލަށްދާ ޓީމުތައް މިރޭގެ ޔަގީންވާނެއެވެ.

މިދިޔަ ހަފްތާގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ފައްޓަވައި ދެއްވި މުބާރާތުގެ ކުޅުން ރޭވެސް ކުރިއަށް ގޮސްފައިވާ އިރު، ރޭގެ މެޗުތައް ފެނުނީ ފޯރިގަދަ ކޮށެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ މާފަންނު މިނީ ދަނޑުގައެވެ.

އަންހެން ޑިވިޝަންގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން މެޕްސް ކޮލެޖާއި އެފްއެޗްއެސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްއެޗްއެސްގެ މަރިޔަމް މަލްސާއެވެ. އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފްލިސްވެސް ރޭގެ އަންހެން ޑިވިޝަންގައި ވާދަކުރި އިރު، އެ މެޗު 0-1 ގެ ނަތީޖާއިން ފްލިސް ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްލިސްގެ ޝައުފާ އިބްރާހިމެވެ.

އަންހެން ޑިވިޝަންގެ އިތުރު މެޗުތަކަށް ބަލާ އިރު، ކްލިކް ކޮލެޖުގެ އަންހެން ޓީމާއި އެފްއީގެ އަންހެން ޓީމު ކުޅުނު މެޗު ބޮޑު ތަފާތަކުން ކްލިކް ކޮލެޖު ވަނީ ކާމިޔާބު ކޮށްފައެވެ. ކްލިކް ކޮލެޖުން 12-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލިކް ކޮލެޖުގެ ފަރާ އަހުމަދެވެ.

ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ފެސްޓާއި ފްލިސް ވާދަކުރި އިރު، 9-3 ގެ ނަތީޖާއިން މޮޅުވީ ފެސްޓެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެސްޓުގެ ތޮލާލް ނަސީރެވެ. ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ އަނެއް މެޗުގައި މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލް އާއި ކްލިކް ކޮލެޖު ބައްދަލު ކުރި މެޗުން 1-4 ގެ ނަތީޖާ އިން މޮޅުވީ ކްލިކް ކޮލެޖެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކްލިކް ކޮލެޖުގެ އިބްރާހިމް ހަސީބެވެ.

އޭގެ އިތުރުން އެފްއެޗްއެސް އަދި އެމްއައި ކޮލެޖު ކުޅުނު މެޗުން 2-1 ގެ ނަތީޖާއިން އެފްއެޗްއެސް ކާމިޔާބުކުރި އިރު، މެޕްސް ކޮލެޖު އަދި އެފްއީ ކުޅުނު މެޗުން 9-0 ގެ ނަތީޖާއިން މެޕްސް ކޮލެޖުވަނީ މޮޅުވެފައެވެ.

މިއަދު ކުޅުނު މެޗުތަކަށް ބަލާއިރު ހެނދުނު ވަނީ އަންހެން ޑިވިޝަންގައި ވިލާ ކޮލެޖް އަދި އެފްއެޗްޓީއެސް ވާދަކޮށްފައެވެ. އެ މެޗު 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވިލާ ކޮލެޖެވެ. އަދި ސައިރިކްސް ކޮލެޖާއި އެސްއެން ބައްދަލު ކުރި މެޗުން 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައިރިކްސް ކޮލެޖެވެ.

މިއަދު ހަވީރު ކުޅުނު މެޗުތަކަށް ބަލާއިރު މެޕްސް ކޮލެޖާއި ވިލާ ކޮލެޖު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެޕްސް ކޮލެޖެވެ. އެފްއެޗްޓީއެސްއާއި އެފްއީ ކުޅުނު މެޗުން 6-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްއެޗްޓީއެސްއެވެ.

މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ މެޗުތަކަށް ބަލާ އިރު، ސީއެފްއެސް އާއި އެފްއެޗްއެސް ކުޅުނު މެޗު، 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްއެޗްއެސްއެވެ. އެމްއައި ކޮލެޖާއި ފްލިސް ކުޅުނު މެޗު، 1-0 ގެ ނަތީޖާއިން އެމްއައި ކޮލެޖު ކާމިޔާބުކުރި އިރު، ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް މިރޭ ކުޅެވޭނެއެވެ.

މިއަހަރުގެ މުބާރާތުގައި އަންހެން ޑިވިޝަން 13 ޓީމު އަދި ފިރިހެން ޑިވިޝަންގެ 17 ޓީމު ވާދަކުރާނެ އެވެ. ކޮންމެ ޑިވިޝަނެއްގައި ވެސް އެމްއެންޔޫ އިން ހިމެނޭނީ ހަތް ފެކަލްޓީއެއްގެ ޓީމުތަކެވެ. ދެން ހިމެނޭނީ އެހެނިހެން ކޮލެޖްތަކަށް ދައުވަތު ދީގެން ބައިވެރިވާ ޓީމުތަކެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމްއެންޔޫއެސްޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯސްޕޮންސަރުންނަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ.

comment ކޮމެންޓް