ފްލެޓްތަކުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަން ނިންމައިފި

ސިނަމާލެ އާއި މާލޭ ހިޔާ އަދި ވިލި މާލެ ފްލެޓްތަކުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަށް ފެށުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން-- ފޮޓޯ: ހައުސިން މިނިސްޓްރީ

ސިނަމާލެ އާއި މާލެ ހިޔާ އަދި ވިލި މާލޭގެ ފްލެޓްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް އެތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އެ ތަންތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުުހައްމަދު އިބްރާހިމް އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފްލެޓްތަކުގައި ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސެކިޔުރިޓީ ބެލެހެއްޓުމާއި އަދި ސްޕެޝަލް ކޮންސްޓެބިލިޓީ ފޯސް ބޭނުންކޮށްގެން އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ހައުސިންް މިނިސްޓްރީގެ މެއިންޓެނެންސްގެ އޮފީހަކާއި އަދި ޕޮލިސް ކޮންސްޓެބަލް އޮފީހެއް ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ސިނަމާލެއާ މާލެ ހިޔާ އަދި ވިލި މާލޭގެ ފްލެޓްތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ދިރިއުޅެމުންނެވެެ. އަދި އެ ސަރަހައްދުގައި ގޭންގް ހަރަކާތްތައް ހިންގުމުގެ އިތުރުން މަސްތުވާތަކެތީގެ ހާއްޔަކަށް އެެ ސަރަހައްދު ވެފައިވާ ކަމަށް އަބަދު ވެސް ޝަކުވާ ކުރެ އެވެެ.

comment ކޮމެންޓް