އަށް އަހަރަށް ފަހު ޔޫއެފާގެ ހެޑް އޮފް ރެފްރީސް މަގާމު ކޮލީނާ ދޫކޮށްލައިފި

މިހާތަނަށް ފުޓުބޯޅަ ދުތް އެންމެ މޮޅު އެއް ރެފްރީ ކޮލީނާ--- ފޮޓޯ/ ގެޓީ

އަށް އަހަރު ދުވަހަށް ފަހު، އިޓަލީގެ ޕިއާލުއީޖީ ކޮލީނާ، ޔޫއެފާ ހެޑް އޮފް ރެފްރީސްގެ މަގާމު ދޫކޮށްލައިފި އެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓު ކޮށްފައި ވަނީ ކޮލީނާ އެ މަގާމު ދޫކޮށްލައިފައި ވަނީ އަމިއްލަ ކަންތައްތަކަކަށް ވަގުތު ދޭން ބޭނުންވާތީ ކަމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އުމުރުން 58 އަހަރުގެ ކޮލީނީއަކީ މިހާތަނަށް އުފެދުނު އެންމެ ނުފޫޒު ގަދަ އަދި އެންމެ މޮޅު ރެފްރީއެވެ. އޭނާގެ ރެފްރީ ކަމުގެ ކެރިއަރުން 2005 ވަނަ އަހަރު ރިޓަޔާ ކޮށްފައިވާ އިރު، ޔޫއެފާގެ މަގާމަށް ހަމަޖެއްސީ 2010 ވަނަ އަހަރުގަ އެވެ.

އެ މަގާމުގައި ކޮލީނާ ހޭދަކުރި އަށް އަހަރުގައި އޭނާ ވަނީ ރެފްރީންގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، ރެފްރީންނަކީ ކުރިއަށް ވުރެ ފިޓްނަސް ރަނގަޅު ބަޔަކަށް ހެދުމަށް ވެސް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މަގާމުން ވަކިވުމަށް ފަހު ކޮލީނާ ބުނެފައި ވަނީ ޔޫއެފާއަށް ހިދުމަތް ކޮށްދެވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި، އެ އިދާރާއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަަދާކުރާ ކަމަށެވެ.

ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ބުނެފައި ވަނީ ކޮލީނާގެ ރެފްރީ ކަމުގެ ގިނަ ކަންތައްތަކެއް ކޮލީނާގެ މަސައްކަތުން ޔޫއެފާއަށް ގެންގޮސްދިން ކަމަށާއި، ކޮލީނާގެ ސަބަބުން ހަރުދަނާ އެތައް ކަމެއް ރެފްރީންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ.

ކޮލީނާ ނެތްތައް ފުރާނީ އުމުރުން 50 އަހަރުގެ ރޮބާޓޯ ރޮސެޓީއެވެ. ރޮސެޓީއަކީ 2002 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް އިންޓަނޭޝަލް ރެފްރީއެކެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ ހުޅުވި މެޗާއި ފައިނަލްގައި ވެސ ރެފްރީކަން ކޮށްފަ އެވެ.

comment ކޮމެންޓް