ހިގުއައިން އޭސީ މިލާންއާ ދިމާއަށް، ބޮނޫޗީ އެނބުރި ޔުވެންޓަސްއަށް!

ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ގޮންޒަލޯ ހިގުއައިން -- ފޮޓޯ/ ގެޓީ

ނަޕޯލީއަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައީން ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ސްކައި އިޓާލިއާއިން ރިޕޯޓު ކޮށްފައި ވަނީ ހިގުއައިންގެ ޓްރާންސްފާއާއެކު އޭސީ މިލާނަށް މިދިޔަ ސީޒަންގައި ބަދަލުވި ލިއެނާޑޯ ބޮނޫޗީ އަނެއްކާވެސް އެނބުރާ ޔުވެންޓަސްއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އޭގެ އިތުރުންވެސް ޔުވެންޓަސްއަށް ކުޅެމުންދާ ޒުވާން، އުންމީދީ ޑިފެންޑަރު މަޓިއާވެސް އޭސީ މިލާނަށް ބަދަލުވާން ތައްޔާރުވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ސްކައި އިޓާލިއާއިން ރިޕޯޓުކޮށްފައި ވަނީ ހިގުއައިންގެ ބޭބެ އަދި އޭނާގެ އެޖެންޓް ނިކޮލަސް، އޭސީ މިލާންގެ މެނޭޖަރަށް ދާދި ފަހުން ހަމަޖެއްސި ލިއެނާޑޯއާ ބައްދަލުކޮށް، ޓްރާންސްފާގެ ކަންކަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޓްރާންސާ ފައިނަލް ކުރާނީ އަދި އިތުރު ބައްދަލުވުމަކަށް ފަހުގައި ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ލޯން އެއްބަސްވުމުގައި ހިގުއައިން އޭސީ މިލާނަށް ބަދަލުވާން ނިންމާފައިވާ އިރު، ސީޒަން ނިމުމުން އޭސީ މިލާން ބޭނުންވާ ނަމަ، 32 މިލިއަން ޕައުންޑަށް ހިގުއައިން ގަނެވުމުގެ މާއްދާއެއް ކޮންޓްރެކްޓްގައި ހިމެނޭ ކަމަށްވެސް މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ރެއާލް މެޑްރިޑުން ވިދާލި ހިގުއައިން އަކީ ކާމިޔާބު ފޯވަޑެކެވެ. އޭނާ ރެއާލްއިން އިޓަލީ ލީގަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރުގައެވެ. 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނަޕޯލީއަށް ކުޅުނު 104 މެޗުން 71 ގޯލް ޖެހި ހިގުއައިން އޭގެ ފަހުން ބަދަލުވީ ޔުވެންޓަސްއަށެވެ. ޔުވެންޓަސްގައި ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ 73 މެޗުން 40 ގޯލް ޖަހައިފައެވެ.

comment ކޮމެންޓް