ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓު ޑރ. ޝަހީމް ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގެމަނަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ކެމްޕޭން ދަތުރުފުޅުގައި ޑރ. ޝަހީމް ގއ. އަތޮޅަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ އެ އަތޮޅުގެ ވެރިރަށް ވިލިނގިއްޔަށެވެ. އެރަށުގައި މަޑު ކުރެއްވި ދެ ދުވަހު އެ ރަށުގައި ދޮރުން ދޮރަށް ވަޑައިގެން ޑރ. ޝަހީމް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ޑރ. ޝަހީމް ގއ. ގެމަނަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: ފޭސްބުކްޑރ. ޝަހީމްއާ އެކު ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށްތަކުގައި ވެސް އެމަނިކުފާނަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑު ތަރުހީބެއް އޮންނަ ކަމަށެވެ. އެގޮތުން ޑރ. ޝަހީމަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރައްދަށް އެއްވާކަން ފާހަގަ ކުރެއްވިއެވެ.
ޑރ. ޝަހީމް ގއ. ގެމަނަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ޒުވާނުންތަކަކާ ބައްދަލުކުރައްވަނީ--- ފޮޓޯ: ފޭސްބުކްމިހާރު ޑރ. ޝަހީމް ގއ. ގެމަނަފުއްޓަށް ވަޑައިގެން ހުންނެވި އިރު އޮފިޝަލު ވިދާޅުވީ، އެ ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންނާ އެމަނިކުފާނު ވަކި ވަކިން ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެހެން ރަށްތަތެކޭ އެއްފަދައިން ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝަހީމް ދެން އެހެން ރަށަކަށް ޒިޔާރަތް ކުރައްވަން ފުރާވަޑައިގަންނަވާނީ މާދަމާއެވެ. އެހެން ނަަމަވެސް ދެން ވަޑައިގަންނަވާނީ ކޮން ރަށަކަށް ކަމެއް އަދި ނިންމަވާފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ޑރ. ޝަހީމް ގއ. ގެމަނަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ޒުވާނުންތަކަކާ ބައްދަލުކުރައްވަނީ--- ފޮޓޯ: ފޭސްބުކްގެމަނަފުށްޓާއި ވިލިނގިލީގެ އިތުރުން މިހާތަނަށް ޑރ. ޝަހީމް ޒިޔާރަތްކޮށްފައިވާ ރަށްތަތަކީ ކަނޑުހުޅުދޫ، ކޮލަމާފުށި، ދެއްވަދޫ އަދި ކޮނޑޭއެވެ. ދެން ދަތުރުފުޅުގައި ވަޑައިގަންނަވަން ބާކީ އޮތް ތިން ރަަށަކީ ދާންދޫ، ނިލަންދޫ އަދި މާމެންދޫ އެވެ.