ޓްރޫ ކޯލާ އިން ކޯލު ރިކޯޑު ކުރެވޭ ގޮތް ހަދައިފި

ޓްރޫ ކޯލާ ބޭނުންކުރާ ޕްރީމިއަމް ކަސްޓަމަރުންނަށް އެމީހުންގެ ކޯލުތައް އެޕްލިކޭޝަން މެދުވެރިކޮށް ރިކޯޑު ކުރެވޭގޮތް ހަދައިފި އެވެ.

މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ އެންޑްރޮއިޑް މެދުވެރިކޮށް ޓްރޫކޯލާ ބޭނުންކުރާ މީހުންނަށެވެ.

ޓްރޫކޯލާ އިން ބުނީ ޕްރިމިއަން ކަސްޓަމަރުން ނޫން މީހުންނަށް 14 ދުވަހުގެ ޓްރައިޔަލް އެއް ލިބޭނެ ކަމަށާއި އިތުރަށް އެ ހިދުމަތް ބޭނުން ނަމަ އެމީހުން ވެސް ޖެހޭނީ ޚިދުމަތަށް ސަބްސްކްރައިބް ކުރަން ކަމަށެވެ.

ޓްރޫކޯލާ މެދުވެރިކޮށް ކުރާ ކޯލުތައް ރިކޯޑުވާނީ ފޯނަށެވެ. މިއީ ގިނަ ބަޔަކު އެދިއެދި ތިބި ހިދުމަތެއް ކަމަށް ޓްރޫކޯލާ އިން ބުނެ އެވެ.

ގުޅާ މީހުން ދެނެގަތުމަށް ބޭނުންކުރާ މި އެޕްލިކޭޝަން އަކީ ޖެއްސުމަށް ކުރާ ކޯލުތަކާއި އޮޅުވާލައިގެން ކުރާ ކޯލުތައް ހުއްޓުވުމަށް ތައާރަފު ކޮށްފައިވާ އެޕްލިކޭޝަނެެކެވެ.

comment ކޮމެންޓް