ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީން ރާއްޖެއަށް ފަންސާސް ޓަނުގެ ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެެ ތެރެއިން--

ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީއަރަބިއްޔާގެ އެމްބަސީގައި މިއަދު ހަވީރުު ބޭއްވި ރަސްމިއްޔާތުގައި އެ ހަދިޔާއާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުއެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން "ސަން" އަށް ވިދާޅުވީ ކޮންމެ އަހަރަކުވެސް ރޯދައާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާ ކަމަށެވެ. ނަމަވެސް މިއަހަރު ކަދުރު ހަދިޔާ ކުރުން ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީން ރާއްޖެއަށް ފަންސާސް ޓަނުގެ ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައުދީން މިދިޔަ އަހަރުވެސް ރާއްޖެއަށް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.

މިއަހަރު ސައުދީން ކަދުރު ހަދިޔާކުރުން ލަސްވީ ކީއްވެގެން ކަމެއް އިސްލާމިކް މިނިސްޓްރީން ނުބުނެއެވެ.

އަހުސަން ވިދާޅުވީ އެ ކަދުރުތައް އާންމުންނަށް ބަހާނެ އުސޫލުތައް މިހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ.

comment ކޮމެންޓް