އިނގިރޭސިވިލާތަށް ދާން ބޭނުންވާ ވިސާ ރާއްޖެއިން ދޫކުރަނީ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް --- ސަން ފައިލް ފޮޓޯ

ފޮރިން މިނިސްޓްރީ އާއި އިނގިރޭސި އެމްބަސީ ގުޅިގެން އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާނެ ވިސާ މާލެއިން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކޭ ވިސާ ދޫކުރުން މާލޭގައި ކުރިއަށްދާނީ އޮގަސްޓްމަހުގެ ހަތެއް އަދި އަށްވަނަ ދުވަހު ހެނދުނު ނުވަޔަކުން ހަވީރު 5:30 އަށް އެ މިނިސްޓްރީގައި ކަމަށެވެ.

ރާއްޖެއިން އިނގިރޭސި ވިސާ ހޯދަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓު ހެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކިޔެވުމަށާއި އެހެނިހެން ބޭނުންތަކުގައި ދަތުރުކުރާ ދިވެހިންނަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް މާލެއިން އިނގިރޭސި ވިސާ ލިބޭނެ އިންތިޒާމު ފޮރިން މިނިސްޓްރީން ހަމަޖައްސައިދެއެވެ.

އިނގިރޭސި ވިލާތަށް ދިއުމަށް ދިވެހިންނަށް މިހާރު ވެސް ހަ މަސް ދުވަހުގެ އޮންއެރައިވަލް ވިސާ ލިބެއެވެ. ނަމަވެސް އެެއަށްވުރެ ދިގު މުއްދަތަކަށް އެ ގައުމަށްދާ ނަމަ ކަމާ ގުޅޭ ވިސާ ޖަހަންޖެހޭނެ އެވެ. އެ ވިސާ ހޯދަން ޖެހެނީ ސްރީ ލަންކާގައި ހުންނަ އިނގިރޭސި އެމްބަސީ މެދުވެރިކޮށެވެ.

އެޕޮއިންޓްމެންޓު ހެދުމަށް

comment ކޮމެންޓް