ސާނަވީ އިމްތިހާންތަކުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރަން ބުދަދުވަހު ފަށަނީ

ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ-- ސަން ފައިލް ފޮޓޯ

މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގެ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި މަހުގެ 18 ވަނަ ދުވަހު ދޫކުރަން ނިންމައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޕަަބްލިކް އެގްޒަމިނޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމެންޓުން ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރާނެ ކަމަށެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:45 އަށެވެ.

އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ނަގަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހޭނޭ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައިޑީކާޑާއި، ސްޓޭޓްމަންޓާ ހަވާލުވާ ފަރާތެއްގެ އައިޑީކާޑު ގެންދަން ޖެހޭނެއެވެ.

ސްޓޭޓެމަންޓް އޮފް އެންޓްރީއާއި ގުޅޭ މައްސަލަތައް ޑިޕާޓްމެންޓް އޮފް ޕަަބްލިކް އެގްޒަމިނޭޝަނަށް ހުށަހަޅަން ޖެހޭނީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 12:30ގެ ކުރިން ސިޓީއަކުންނެވެ.

comment ކޮމެންޓް