އެމެރިކާގެ ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ހިންގި ކޯހެއް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމެރިކަން ސެންޓަރ

އެމެރިކާގައި ބާއްވާ ހޫބާޓް އެޗް ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޫބާޓް އެޗް ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމަކީ އެކި ވަޒީފާތަކުގައި މަަސައްކަތް ކުރަމުންދާ މީހުންްގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން ހިންގާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނު (ޑީއެޗްއީ)ން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ގްރެޖްއޭޓް ލެވެލް ނޮންޑިގްރީ އެކަޑަމިކް ކޯސްވާކް އަދި ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް އެކްޓިވިޓީތަކުގައި އަހަރެއް އެމެރިކާގައި ފުރިހަމަކުރުމުގެ ފުރުސަތު ތިން ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި އެގްރިކަލްޗާ އެންޑް ރުރަލް ޑިވޮލޮޕްމަންޓް، އިކޮނޮމިކް ޑިވޮލޮޕްމަންޓް، ފައިނޭންސް އެންޑް ބޭންކިން، ނެޗުރަލް ރިސޯސާސް، އެންވަޔަރަންމަންޓަލް ޕޮލިސީ އެންޑް ކްލައިމެޓް ޗޭންޖް، އާބަން އެންޑް ރީޖަނަލް ޕްލޭނިން ހިމެނެއެވެ.

އަދި އޭގެ އިތުރުން ޖާނަލިޒަމްއާއި ލޯ އެންޑް ހިއުމަން ރައިޓްސްއާއި ޕަބްލިކް ޕޮލިސީ އެނާލިސިސް އެންޑް ޕަބަލިކް އެޑްމިނިސްޓްރޭޝަންގެ އިތުރުން ހިއުމަން ޓްރެފިކިންއާއި އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޓެކްނޮލޮޖީ ޕޮލިސީ މެނޭޖްމަންޓް ހިމެނެއެވެ.

ޕަބްލިކް ހެލްތާއި އަދި ތައުލީމީ ދާއިރާވެސް ހޫބާޓް އެޗް ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެ ދާއިރާތަކުގައި ހިމެނެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ވަޒީފާ އަދާކުރާ ދާއިރާގައި އޮގަސްޓް މަހާ ހަމައަށް ފަސް އަހަރު ދުވަސް ހޭދަކޮށްފައިވުމުގެ އިތުރުން ޔުނިވާސިޓީ ޑިގްރީއެއް ހާސިލްކޮށްފައި އޮތުން ހިމެނެއެވެ.

އެ ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ގެ ކުރިން ރާއްޖޭގައި ހުންނަ އެމެރިކަން މެޑިކަލް ސެންޓަރަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށްވެސް ޑީއެޗްއީން ބުންޏެވެ.

comment ކޮމެންޓް