ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ އައިލެންޑް އޭވިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
މިއަދު ފެށި ޓެނިސް ޗެމްޕިއަންޝިޕް ޝަރަފްވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތެވެ.

ދެވަނަ އައިލެންޑް އޭވިއޭޝަން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ 111 ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ އަންހެން 59 ކުޅުންތެރިންނާއި ފިރިހެން 52 ކުޅުންތެރިންނެވެ.
އެ މުބާރާތް އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ހަ އަހަރުން ފެށިގެން 45 އަހަރުންމަތީގެ ދެ ޖިންސުގެ ކުޅުންތެރިން ފެނިގެންދާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ދެވަނަ އައިލެންޑް އޭވިއޭޝަން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
މުބާރާތުގައި މިއަދު ޖުމްލަ 11 މެޗު ކުރިއަށްދިޔައެވެ. އެއީ 12 އަހަރުންގެ ދަށުގެ ފިރިހެން ޑަބަލްސް އިވެންޓުގެ މެޗަކާއި، 14 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފަސް މެޗާއި، 14 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް މެޗަކާއި، 18 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް މެޗެއް އަދި ފިރިހެނުންގެ އޯޕަން ސިންގަލްސް ތިން މެޗެވެ.