އަސްލަމުގެ ފޯނު ބިލަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދޭން ހުކުމްކޮށްފި

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ހައުސިންގް މިނިސްޓަރު މުހަންމަދު އަސްލަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ހައުސިން މިނިސްޓްރީގެ ބަޖެޓުން މާލިއްޔަތު ގަވައިދާ ހިލާފަށް ފޯނު ބިލް ދައްކާފައިވާތީ އެ ފައިސާ އަބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމް ގައި ބުނެފައިވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އަސްްލަމް ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ ބަޖެޓުން މާލިއަޔްތު ގަވައިދާ ޚިލާފަތް ފޯނު ބިލަށް 312،928 ރުފިޔާ ދައްކާފައިވާކަން ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކައި ޚަލާސް ކުރުމަށްވެސް އަސްލަމްގެ މައްޗަށް ވަނީ އަންގައި އަމުރުކޮށްފައެވެ.

އެ މައްސަލަ ފާހަގަކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދަށް ރިއާޔަތްކުރާއިރު އެ ފައިސާ އަކީ އަސްލަމް ޒިންމާވާންޖެހޭ ފައިސާއެއް ކަމަށެވެ.

comment ކޮމެންޓް