ޖަސްޓިން ބީބާ އެންގޭޖުވި ހަބަރާއެކު ސެލީނާގެ ފޭނުން ކަންބޮޑުވެއްޖެ

ސެލީނާ (ވ) ޖަސްޓިން (ކ)

ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އެންޖޭޖުވި ޚަބަރާއެކު އެންމެ ބޮޑު "ސަޕްރައިޒެއް" ލިބުނު ބަޔަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒުގެ ފޭނުންނެވެ.

ޖަސްޓިން އާއި އެނާގެ ކުޑައިރުގެ އެކުވެރިޔާ އަދި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ ހެއިލީ ބޯލްޑްވިން އެންޖޭގު ވެފައިވަނީ ބަހާމާސްގެ ރިސޯޓެއްގައެވެ.

https://sun.mv/107732

މި ދެމީހުންގެ އެންގޭޖުމެންޓާއި ގުޅިގެން ސެލީނާގެ ފޭނުން "ކޮންސާން" ވެފައިވަނީ މި އަހަރު ފެށުނު އިރުވެސް ސެލީނާއާއި ޖަސްޓިން އެކުގައި އުޅެފައިވާތީއެވެ. އެގޮތުން މީގެ ކުރިން އޮން އެންޑް އޮފް ރިލޭޝަންޝިޕެއްގައި އުޅުނު ސެލީނާ ޢާއި ޖަސްޓިން އެންމެ ފަހުން ގުޅިގެން އުޅުނީ "ވަރަށް ލޯބިން"ނެވެ. "ޖެލީނާ"ގެ ގުޅުން ދެން މުޅިން ނިމުނީ ކަމަށް ގަބޫލުކުރަން ސެލީނާގެ ފޭނުން ބޭނުމެއް ނުވެއެވެ.

ބީބާ އެންޖޭގުވި ހަބަރާ ގުޅޭގޮތުން ސެލީނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އޭނާ ސޯޝަލް މީޑިއާގައި އެއްވެސް ޕޯސްޓު ނުކުރާތާ ވެސް ހަތަރު ދުވަސް ވެއްޖެއެވެ.

comment ކޮމެންޓް