ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރު ހޯޯދުމުގެ ފުުރުސަތު

ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަޭ ދެ ފަރާތަކަށް އުމްރާ ދަތުރު ލިބޭނެ ---

މިހާރު އާޓްގެލެރީގައި ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި ހައްޖު ކޯޕަރޭޝަނާއި އަލް މަނާސިކް ހައްޖު ގުރޫޕުގެ ސްޓޯލުތައް ވަނީ ބަހައްޓައިފައެވެ.

މި ސްޓޯލުތަކަށް ޒިިޔާރަތް ކުރާ ފަރާތްތަކަށް ކުރިއަށް ހުރި އުމްރާ ދަތުރުތަކާއި ހައްޖު ދަތުރުތަކުގެ މައުލޫމާތު ހިއްސާ ކުރާނެއެވެ. މީގެ އިތުރުން އުމްރާ ދަތުރުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި މިރޭ ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަލްމާސިކުގެ ފަރާތުން ހުށަހަޅާފައިވާ އުމްރާ ދަތުރަކާއި ހައްޖު ކޯޕަރޭޝަނުން ހުށަހަޅާފައިވާ އުމްރާ ދަތުރެއް ލިބޭނެއެވެ.

ޓްރެވަލް އެންޑް ޓޫރިޒަމްގެ ޚިދުމަތްދޭ ފަރާތްތަކުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހައިރައިޒުން އިންތިޒާމުކޮށްގެން މި ފެއާ ބާއްވާ މިއީ ތިންވަނަ އަހަރެވެ.

ރާއްޖޭގެ ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާޢި ރިސޯޓު ގެސްޓްހައުސް ތައް އަދި މެލޭޝިއާ އާއި ތައިލެންޑު އަދި ބޫޓާންގެ ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާގެ ފަރާތްތައްވެސް މި އެކްސްޕޯގައި ބައިވެރިވެއެވެ.

ވެކޭޝަން އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

މި އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ އިނަރ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑު އަދި އެލައިޑް އިންޝުއަރެންސެއެވެ.

މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ އިތުރުން ބޫޓާނުގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުން ވެސް މި އެކްސްޕޯގައި ބައިވެރިވެ އެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގްރޭންޑް ލަކީޑްރޯ އިން ހޮވޭ ފަރާތްތަކަށް އުމްރާ ދަތުރުތަކުގެ އިތުރުނން ގެސްޓް ހައުސްތަކުންދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެއިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މީގެ އިތުރުން ވެސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑި އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑްއިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެ އެވެ.

މި އިނާމުތަކުގެ އިތުރުން އެކްސްޕޯގެ ސްޓޯލުތަކަށް ޒިޔާރަތް ކޮށްގެން ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

comment ކޮމެންޓް