ދަތުރަށް ތައްޔާރުވާއިރު ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭން ނަގާ، ހުރިހާ ކަމެއް ކަވަރުކޮށްދޭ!

އެލައިޑުގެ ޓްރެވެލާސް އިންޝުއަރެންސް ޕްލޭން ---- ފޮޓޯ: އެލައިޑް

ދަތުރުމަތީ އުޅެނިކޮށް ކުއްލިއަކަށް ބަލިވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދަތުރަށް ރެޑީވެ ފުރަން ކައިރިވެފައިވަނިކޮށް ދަތުރު ކެންސަލްވެ މާލީ ގޮތުން ލިބޭ ގެއްލުމުން އަރައިގަންނާނީ ކިހިނެއް ހެއްޔެވެ؟ ޗުއްޓީ ދަތުރެއްގައި މަޖާކުރަން އުޅެނިކޮށް ލިބޭ ގެއްލުމަކަށް ބޭސްކުރާނެ ފައިސާ ނެތިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ބޯ ހާސްވެ ކަންބޮޑުވާކަށް ދެން ނުޖެހޭނެއެވެ. މި ހުރިހާ ކަމެއްގެ ހައްލު އެލައިޑުގެ ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނުން ލިބޭނެއެވެ. އެލައިޑުގެ ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނަކީ ދަތުރުވެރިންނަށް ޚާއްސަ އިންޝުއަރެންސް ޕްލޭނެކެވެ. ދަތުރެއްގެ މަތީ ދިމާވާ ކޮންމެ ކަމަކަށްވެސް މި ޕްލޭނުގެ ދަށުން ކަވަރު ކޮށްދޭނެއެވެ.

އެލައިޑުގެ ޓްރެވެލާސް އިންޝުއަރެންސް ޕްލޭން ---- ފޮޓޯ: އެލައިޑް

ޓްރިޕް ކެންސަލޭޝަން: ބޭރަށް ކުރަން އޮތް ދަތުރަށް ބޭނުންވާނެ ހުރިހާ ކަމެއް ހަމަޖެހި ނިމިފައިވަނިކޮށް ދަތުރު ކެންސަލް ވުމުން ދިމާވާ ގެއްލުމުގެ ހައްލު މި ޕްލޭނުގެ ދަށުން ލިބޭނެއެވެ.

ބެގޭޖް ލޮސް: އެލައިޑުގެ ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނުގެ ދަށުން ބެގޭޖަށް ލިބޭ ގެއްލުންތަކާއި، ޕާސްޕޯޓު ގެއްލުމުން ކުރިމަތިވާ މައްސަލަތައް އަދި ބެގޭޖް ޑިލޭވުމުގެ މައްސަލަތަކަށްވެސް ހައްލު ލިބޭނެއެވެ.

ގުދުރަތީ ކާރިސާ: ބޭރު ދަތުރެއްގައި ހުއްޓާ، އެ ގައުމަކަށް ކުރިމަތިވާ ގުދުރަތީ ކާރިސާ އެއްގެ ސަބަބުން ލިބޭ ޖިސްމާނީ ގެއްލުން ކަވަރުކޮށްދިނުމުގެ އިތުރުން ޓްރެވެލާސް ޕްލޭނުން ދަތުރުމަތީ ދެން ދިމާވެދާނެ އެހެން ދަތިތައްވެސް ހައްލުކޮށްދޭނެއެވެ. އެގޮތުން އެކޮމޮޑޭޝަންގެ މައްސަލަ، ޓްރިޕް ކެންސަލްކުރަންޖެހުން، އެއާޕޯޓުގައި ތާށިވުމުން ދިމާވާ މައްސަލަތަކަށް ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނުން ހައްލު ގެނެސްދޭނެއެވެ.

ޝެންގެން ކަވާ: މި ޕލޭނުގެ ދަށުން ޝެންގެން ވިސާ ބޭނުންވާ ގައުމުތަކަށް އެތެރެވުމުގެ ކުރިން ބޭނުންވާނެ އިންޝުއަރެންސް ކަވާކުރާނެއެވެ. އޭގެ ތެރޭގައި އައުޓް ޕޭޝަންޓް ކަވާ، އާޖެންޓް މެޑިކަލް ޓްރީޓްމެންޓް، ހޮސްޕިޓަލައިޒޭޝަން، މެޑިކަލް އިވެކުއޭޝަން ފަދަ ކަންތައް ހިމެނެއެވެ.

އެމަޖެންސީ މެޑިކަލް އެކްސްޕެންސަސް: ދަތުރުމަތީ އުޅެނިކޮށް ކުއްލިއަކަށް ބަލިވެއްޖެނަމަ، އެކަމަށްދާނެ ޚަރަދު ވެސް މި އިންޝުއަރެންސް ޕްލޭނުން ކަވަރު ކުރާނެއެވެ. އޭގެ ތެރޭގައި އެމްބިއުލެންސް ހަރަދާއި ހޮސްޕިޓަލް ޗާޖަސް، އަނބުރާ ގައުމަށް އައުމުގެ ހަރަދު އަދި އެމަޖެންސީ މެޑިކަލް އަދި ސާޖިކަލް ޓްރީޓްމެންޓު ހިމެނެއެވެ.

އެލައިޑުގެ ޓްރެވެލާސް އިންޝުއަރެންސް ޕްލޭން ---- ފޮޓޯ: އެލައިޑް

މި އިންޝުއަރެންސް ޕޮލިސީގެ ދަށުން ޗުއްޓީއަށް ގޮސް އުޅޭއިރު ކުއްލިއަކަށް ދިމާވާ ގެއްލުންތައްވެސް ކަވަރު ކުރާނެއެވެ. އެގޮތުން އެޑްވެންޗާ އެކްޓީވިޓީއެއްގައި އުޅެނިކޮށް ލިބޭ އަނިޔާ ތަކަށް މި ޕްލޭނުގެ ދަށުން ކަވަރު ކުރެއެވެ. މީގެ ތެރޭގައި ސައިކްލިން، ޕެރެސެއިލިން، ދުނި ދޫކުރުން، ޑީޕްސީ ފިޝިން، ފެތުން، ވޮލީ، އޮން ރޯޑް މައުންޓެއިން ބައިކިން ހިމެނެއެވެ. 30 އަށް ވުރެ ގިނަ އެކްސްޓްރީމް ސްޕޯޓުން ލިބޭ ގެއްލުންތައްވެސް މި އިންޝުއަރެންސް ޕްލޭނުގެ ދަށުން ކަވަރު ކުރާނެއެވެ.

މީގެ އިތުރުން އޮޕްޝަނަލް ކަވާސްގެ ގޮތުގައި އިތުރު ކަންތައްތަކެއް ވަނީ ހިމަނައިފައެވެ. ދަތުރުމަތީގައި އުޅެނިކޮށް ފައިސާކޮޅު ގެއްލުން، ވިންޓާ ސްޕޯޓްސްކުޅެނިކޮށް ލިބޭ ގެއްލުން ފަދަ ކަންތައް ވެސް މި ޕްލޭނުގެ ދަށުން ކަވަރު ކުރާނެއެވެ.

ޓްރެވެެލާސް ޕްރޮޓެކްޝަން ޕްލޭނަކީ ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ދިރާސާ ކުރުމަށް ފަހު ފަރުމާކޮޮށްފައިވާ ޓްރެވަލް އިންޝުއަރެންސް ޕްލޭނެކެވެ. މި ޓްރެވަލް ޕްލޭންތައް އެކަމަށް ޚާއްސަ ވެބްސައިޓު މެދުވެރިކޮށް ނެގޭނެއެވެ. ދަތުރަށް ތައްޔރުވާއިރު ރައްކާތެރިކަމުގެ ގޮތުން އިންޝުއަރެންސް ޕްލޭނެއް ނަގައި ތައްޔާރުވާށެވެ.

comment ކޮމެންޓް