މި އަހަރުގެ ރަމަޟާން މަހު ހޮޓެލް ޖެން އިން ކުރިއަށްގެންދިޔަ އިފްތާރު ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައި އިނާމު ހަވާލުކޮށްފިއެވެ.
ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަނުގެ ދަށުން ހަ އިނާމެއް ވަނީ ދިނުމަށް ނިންމާފައެވެ. މި ޕްރޮމޯޝަނުގެ އެއްވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ދެކޮޅު ޓިކެޓާއެކު ސިންގަޕޫރުގައި ހުންނަ ހޮޓެލް ޖެންގެ ޓެންގްލިން ހޮޓަލުގައި ދެ މީހަކަށް ތިން ދުވަހުގެ ހުރުން ބްރޭކްފާސްޓް އާއެކު އެވެ. އެ އިނާމުގެ ނަސީބުވެރިއަކީ މަރިޔަމް ޝިފްޒާ އެެވެ.
ޕްރޮމޯޝަންގެ ދެވަނަ އިނާމުގެ ނަސީބުވެރިއަކަށް އަބްދުﷲ ނަދީމު ހޮވުނު އިރު ދެވަނަ އަށް ހުށަހަޅާފައިވާ އިނާމަކީ ސްކޫޓު އެއާލައިނުން ހުށަހަޅާފައިވާ ދެމީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއެކު ތިން ދުވަހަށް އެގައުމުގައި ހުންނަ ހޮޓެލް ޖެންގެ ޕެނޭންގް ހޮޓަލުގައި ދެމީހެއްގެ ހުރުން ބްރޭކްފާސްޓް އާއެއެކު އެވެ.
ތިން ވަނަ އިނާމަކީ ސްކޫޓު އެއާލައިނުން ހުށަހަޅާފައިވާ ދެމީހަކަށް ފިލިޕީންސް ދެކޮޅު ޓިކެޓާއި މެނީލާގައި ހުންނަ ޖެން ހޮޓެލްގައި ދެ މީހަކަށް ތިން ދުވަހުގެ ހުރުން، ބްރޭކް ފާސްޓާއެކު ތިން ދުވަސް އެވެ. މި އިނާމު ލިބުނީ މުހައްމަދު ފަޒީން އަށެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުން ހަތަރު ވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވާ ކުުއަލަލަންޕޫރުގައި ހުންނަ ޓްރޭޑާސް ހޮޓަލުގައި ދެމީހެއްގެ ހުރުން ބްރޭކްފާސްޓާއެކު ގެ ނަސީބުވެރިއަކީ ހުސައިން ސައީދެވެ.
ފަސްވަނަ އިނާމަކީ ތިން ދުވަހު ހޮޓެލް ޖެން ހޮންކޮންގްގައި ދެ މީހެއްގެ ހުރުން ބްރޭކް ފާސްޓާއެކު އެވެ. މި އިނާމުގެ ނަސީބުވެރިއަކީ އަލީ ޝަމީލް އެވެ. މީގެ އިތުރުން ހަވަނަ އިނާމަކަށް ޗައިނާގައި ހުންނަ ހޮޓެލް ޖެން ޝެންޔަންގްގައި ދެމީހެއްގެ ހުރުން، ތިން ދުވަހަށް ހުށަހަޅާފައިވާއިރު މި އިނާމުގެ ހައްގުވެރިއަކީ އަހުމަދު އަޝްހަމް އަލީ އެވެ.
ޖެން އިން ބުނީ މިއަހަރުގެ އިފްތާރު ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފްއެންޑްބީ ގެ ދާއިރާއިން ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.