10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްފި

ރަންދިހަ ފަހެއްގެ ބޭނުންކުރަމުންދާ ފައިސާގެ ނޫޓުތަކެއް ---

ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ފުރުމާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ދިވެހި ފައިސާގެ އާ ނޫޓު ސީރީސްގެ 10 ރުފިޔާ އާއި 100 ރުފިޔާ ނޫޓު އަލުން ޗާޕުކޮށްގެން ގެނެސްފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ބުނީ، 10 އަދި 100 ރުފިޔާގެ ނޫޓުގެ ސްޓޮކް އަލުން ޗާޕުކުރަން ޖެހުނީ އެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ނޫޓުތައް ޗާޕުކޮށްގެން މިއަދު ރާއްޖެ ގެނެވި، ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޗާޕުކޮށްގެން ގެނައީ ކިހާ އަދަދެއް ކަމެއް އެމްއެމްއޭއަކުން ނުބުނެ އެވެ.

ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަން ދައްކައިދޭ ގޮތަށް ޕޮލިމާ ކަރުދާހުގައި ޗާޕުކޮށް، "ރަންދިހަ ފަހެއް"ގެ ނަމުގައި ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް ތައާރަފްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

comment ކޮމެންޓް