ލިންކްސާވްގެ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ލިންކްސާވުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ސްމާޓް ޑިވައިސްތަކެއް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ލިންކްސާވް

ލިންކްސާވްއިން މިދިޔަ މަހުގެ 12 ވަނަ ދުވަހު ޒަމާނީ ޓެކްނޮލޮޖީގެ ސްމާޓް ޑިވައިޒްތަކަށް ހާއްސަކޮށްގެން ހުޅުވި ސްމާޓް ކޯނާއާއެކު ފެށި "ވިޒިޓް އެންޑް" ވިން ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

އިއްޔެގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށް މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ލިންސާވްއިން ބުންޏެވެ.

ލިންކްސާވްއިން ބުނީ، އެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރަން ނިންމީ، އެ ޕްރޮމޯޝަނަށް އާންމުގެ ފަރާތުން ބޮޑު ތަރުހީބެއްލިބި ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

ވިޒިޓް އެންޑް ވިން ޕްރޮމޯޝަންއަކީ ލިންކްސާވުން އެއްވެސް މުދަލެއް ނުގަތް ނަމަވެސް، ލިންކްސާވްގެ މައި ޝޯރޫމަށް ޒިޔާރަތްކޮށްގެން ސެމްސަންގް ގެލެކްސީ އެސް9 ޕްލަސް (256 ޖީބީ) ފޯނެއް އިނާމުގެ ގޮތުގައި ލިބޭ ޕްރޮމޯޝަންއެކެވެ.

އެ ފޯން ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ލިންކްސާވްގެ މައި ޝޯވް ރޫމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށެވެ.

ލިންކް ސާވްއިން ސްމާޓްކޯނާ ހުޅުވައި ތައާރަފްކުރި ގެޖެޓްސް ތަކުގެ ތެރޭގައި، އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރު ތަދުގެ މައްސަލަ ހައްލުކޮށްދޭ ދުނިޔޭގެ މަޝްހޫރު ސްމާޓް ޑިވައިސަކާއި، އެލެކްސާ މެދުވެރިކޮށް ޑިވައިސްތައް ކޮންޓްރޯލްކުރެވޭ އިކޯގެ އެކި ޑިވައިސްތަކާއި، ދަތް އުނގުޅާއިރު ދަތްތައް ސާފުވަމުންދާވަރު ދެނެގަނެވޭ ފަދަ ސްމާޓް ދަތްއުނގުޅާ ބުރުސް ފަދަ ތަކެތި ހިމެނެއެވެ.

comment ކޮމެންޓް