ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖް ތަކަށް ހެޔޮ ބަދަލު ތަކެއް!

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖް ގެ ޕޯސްޓަރެއް --

ދިރާގު ފިކްސް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، މުޅިން އައު ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސްވެސް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ޕެކޭޖްތަކުގެ އެލަވަންސް އިތުރުކޮށް އެލަވަންސް ހުސްވާން ކައިރިވުމުން އެސްއެމްއެސްއަކުން އަންގައި ދިނުމުގެ އިންތިޒާމުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް މިހާރު ހަމަޖައްސައިދީފައި ވާކަމަށެވެ.

އެސްއެމްއެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލްއަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ޕެކޭޖްތަކަށް ގެނައި ބަދަލާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑުގެ ހުރިހާ އެޑް އޮން ނުވަތަ ބޫސްޓާތަކަށްވެސް ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ހުރިހާ ބޫސްޓާއެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފައެވެ. އަދި މިހާރުގެ 900 ރުފިޔާއަށް ލިބޭ 100 ޖީބީގެ ބޫސްޓާ މިހާރު ލިބިގެން ދާނީ އެންމެ 790 ރުފިޔާއަށް ކަމަށްވެސް ދިރާގުން ބުންޏެވެ.

ޕެކޭޖްތަކަށް ގެނައި ބަދަލުތަކާއެކު އަލަށް ތައާރަފުކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސްއަކާ އެއްކޮށް 350 ރުފިޔާއަށް ފައިބަރ ފަސް އެމްބީޕިއެސްގެ ޕެކޭޖެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް