M580 އާއެކު ވޯލްޑް ކަޕް އަލްޓްރާ އެޗްޑީކޮށް

މީޑިއާނެޓުގެ M580 ޑީކޯޑަރު --- ފޮޓޯ/ މީޑިއާނެޓް

މީޑިއާނެޓުގެ M580 ޑީކޯޑަރުން ވާލްޑްކަޕްގެ އެންމެ ފޯރިގަދަ 10 މެޗު އިތުރު އަގަކާނުލައި ބަލާލެވޭނެ ކަމަށް މީޑީއާނެޓުން ބުނެފިއެވެ.

M580 ޑީކޯޑަރަކީ އަލްޓްރާ އެޗްޑީ ނުވަތަ 4ކޭ ޑީކޯޑަރެކެވެ.

މީޑިއާނެޓުގެ ޗެނަލް ލިސްޓަށް އެންމެ ފަހުން އިތުރުކުރި ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ސޮނީ ޓެން ޓޫ 4ކޭ ޗެނަލުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 23:00 ގައި އޮންނަ މެޗުން ފެށިގެން 4ކޭ ކޮށް ފެނިގެންދާނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

މީޑިއާނެޓުން އަލަށް ތައާރަފްކުރި M580 ނުވަތަ އަލްޓްރާ އެޗްޑީ ޑީކޯޑަރުގެ ޚާއްސަ ކަންކަމުގެ ތެރޭގައި އެއްފަހަރާ ތިން ޗެނަލް ރިކޯޑުކުރުމާއި، ޗެނަލް ޕޯސްކުރުމުގެ އިތުރުން ޕްރޮގްރާމް ގައިޑު ބަލާލެވޭ ފީޗާ ހިމެނެއެވެ.

އަލްޓްރާ އެޗްޑީކޮށް ބަލާއިރު އިތުރަށް ކުލަ އާއި ޑީޓެއިލްސް އިތުރަށް ސާފުކޮށް ފެނިގެންދާނެ ކަމަށް މީޑީއާނެޓުން ބުންޏެވެ.

comment ކޮމެންޓް