ސައިކަލް ކަހާލައިގެން ވެއްޓި އައްޑޫގެ ދެ ކައުންސިލަރަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

ސައިކަލް ކަހާލައިގެން ވެއްޓި އަނިޔާވި ދެ ކައުންސިލަރުން --- ފޮޓޯ/ ވީއެފްޕީ

އައްޑޫ ސިޓީގައި މިއަދު މެންދުރުފަހު ސައިކަލް ކަހާލައިގެން ވެއްޓި ދެ ކައުންސިލަރަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އައްޑޫ ސިޓީގެ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޔާޒްއާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފަށެވެ.

ހިޔާޒް "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު 13:30 އެހައިކަންހާއިރު ކަމަށެވެ.

''އަޅުގަނޑާ ޔަސްރިފް ސުވަދީބު ކެފޭ އިން ނުކުމެގެން ސައިކަލްގައި ކައުންސިލް އިދާރާއަށް ދަނިކޮށް އެތާ ކައިރީ ހުރި ޕޮލިސް ސްޓޭޝަން ކަންމައްޗަށް ސައިކަލް ކަހާލީ،" ހިޔާޒް ވިދާޅުވިއެވެ.

ހިޔާޒް ވިދާޅުވީ އެ ހާދިސާގައި އޭނާގެ އަތުގެ ކުޑަހުޅު ނައްޓައިގެން ގޮސްފައިވާ ކަމަށާއި އަދި ޔަސްރިފްގެ އަނގަމަތިން ފަޅައިގެން ގޮސް ދެ ތުންފަތް ދުޅަވެފައިވާ ކަމަށެވެ.

ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މާލެ ދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް