އިންޑިއާގެ އޭޓީއެމްއެއްގައި ހުރި 1.2 މިލިއަން ރުޕީސް މީދާ ކާލައިފި

އޭޓީއެމްގައި ހުރި ރުޕީސް--

އިންޑިއާގެ އައްސާމް ސްޓޭޓްގެ އޭޓީއެމެއްގައި ހުރި ގާތްގަނޑަކަށް 1.2 މިލިއަން ރުޕީސް (17،600 ޑޮލަރު) މީދާ ކާލައިފި އެވެ.

އޭޓީއެމްގައި ހުރި ރުޕީސްތައް ކާލާފައި ހުރިކަން އެނގުނީ އެ އޭޓިއެމްގައި މައްސަލަ ޖެހިގެން އެކަން ހައްލު ކުރަން ބޭންކުން ދިޔުމުންނެވެ. މީދާ ކާލާފައި ހުރި ނޫޓްތަކުގެ ފޮޓޯތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ "ގަލްފް ނިއުސް"ގައި ބުނެފައި ވަނީ އޭޓީއެމް ބޭނުން ނުކުރާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށެވެ. އަދި އޭޓީއެމް ހުރި ހިސާބުން މީދާތަކެއް މަރުވެފައި ވަނިކޮށް ފެނިފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ދެހާހުގެ އަދަދުތަކާއި 500 ނޫޓުތައް މީދާ ކައިފައި ހުރި ނަމަވެސް 1.7 މިލިއަން ރުޕީސް ސަލާމްތަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު