އެމްއެންޔޫއެސްޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާގެ ލަގަބް ރަޝީދަށް

ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާގެ ލަގަބް ރަޝީދު ސާ އަށް އަރުވަނީ--- ފޮޓޯ: އެމްއެންޔޫއެސްޔޫ

ގައުމީ ޔުނިވާސިޓީގޭ ދަރިވަރުންގެ ޖަމިއްޔާ އެމްއެންޔޫއެސްޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާގެ ލަގަބް އެމްއެންޔޫގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދު އަހުމަދު (ރަޝީދު ސަރ)އަށް އަރުވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި " އެމްއެންޔޫއެސްޔޫ"ގެ ޝަރަފުވެރިންގެ ހަފުލާގައި ރަޝީދަށް އެވޯޑް ހަވާލުކޮށްދެއްވީ އެމްއެންޔޫއެސްޔޫގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ޝާން އާމިރެވެ.

"އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ" އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު ރޮނގުތަކުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެމްއެންޔޫއެސްޔޫއިން 2018 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެމްއެންޔޫއެސްޔޫގެ އެންމެ މަތީ ޝަރަފެވެ. މި ޝަރަފު މީގެ ކުރިން 2 ބޭފުޅަކު ޙާޞިލްކުރައްވާފައިވެއެވެ.

އެ ރަސްމިއްޔާތުގައި އެމްއެންޔޫއެސްޔޫއިން ވަނީ ޝަރަފުވެރިކަމުގެ އިނާމުވެސް ހަތަރު ބޭފުޅަކަށް އަރުވައިފައެވެ.

ޝަރަފުވެރިކަމުގެ އިނާމު ޝާތިފްއަށް އަރުވަނީ-- -- ފޮޓޯ: އެމްއެންޔޫއެސްޔޫ

ޝަރަފްވެރިކަމުގެ އިނާމު ހާސިލް ކުރެއްވި ބޭފުޅުން

  1. މުހައްމަދު ރިއްފަތު ސިދުގީ، މާލެ މުނިސިޕަލްޓީ ދަފްތަރު ނަންބަރު 1600 (އެމްއެންޔޫ ފެސިލިޓީސް މެނޭޖްމަންޓްގެ އިސްވެރިޔާ)
  2. ޝާތިފް އަލީ، ނޫކޮކާގެ / ށ. ފޭދޫ (އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ކުރީގެ ޑީން އަދި މިހާރުގެ ލެކްޗަރަރ)
  3. ޢަބްދުއްރަޝީދު އަލީ، ދިލްކަޝްގެ / ބ. އޭދަފުށި (އެމްއެންޔޫ ފެކަލްޓީ އޮފް އާރޓްސްގެ ކުރީގެ ޑީން އަދި މިހާރުގެ ޑިރެކްޓަރ ޖެނެރަލް)
  4. ޝާމިލާ ޢަބްދުﷲ، މ. ސޯސަންމާގެ / ކ. މާލެ (އެމްއެންޔޫ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކުރީގެ ޑީން)

ގައުމީ ޔުނިވާސިޓީން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. އައިޝަތު އަލީ އަދި ޑރ. ސުނީނާ ރަޝީދަށްވެސް އެ ރަސްމިއްޔާތުގައި ވަނީ ޝަރަފުވެރިކަމުގެ އެވޯޑް އަރުވައިފައެވެ.

comment ކޮމެންޓް