ވަކާލާތު ކުރުމުގެ ހުއްދަ އަލީ ހުސައިނަށް އަލުން ދީފި

އަލީ ހުސެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނަށް ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން އަލީ ހުސައިނަށް މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިއަދުން ފެށިގެން އޭނާއަކީ ވަކާލާތުކުރުން މަނާކުރެވިފައިވާ ބޭފުޅެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ވާހަަދައްކާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން ދާތީ އެމައްސަލަ ނިމެންދެން، މިދިޔަ މާޗް މަހުން ފެށިގެން އަލީ ހުސައިން ހުރީ މައްސަލަތަކުގައި ކޯތުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑްކޮށްފައެވެ.

އެ މައްސަލައިގައި އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އަލީ ހުސައިން އޭރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަކަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ.

comment ކޮމެންޓް