އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަނަށް ގައުމީ އީސްޕޯޓްސް ޓީމް ވިއެޓްނާމަށް

ވެއިޓްނާމަށް ދިޔަ ގައުމީ ގޭމިން ސްކޮޑު ---

މި އަހަރުގެ އޯގަސްޓް މަހު އިންޑޮނޭޝިއާގެ ޖަކާޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް 2018ގެ ރީޖަނަލް ކޮލިފަޔާސްއަށް ރާއްޖޭގެ އީސްޕޯޓްސް ގައުމީ ޓީމު ވިއެޓްނާމަށް ފުރައިފިއެވެ.

ވިއެޓްނާމަށް ފުރާފައި ވަނީ ލީގު އޮފް ލެޖެންޑްސް ކެޓެގަރީގެ ކޮލިފިކޭޝަނަށެވެ. ވިއެޓްނާމަށް ދިޔަ ގައުމީ ސްކޮޑުގައި ހިމެނެނީ ހަތް އެތުލީޓުންނެވެ.

ވެއިޓްނާމަށް ދިޔަ ގައުމީ ގޭމިން ސްކޮޑު:

  • އަހުމަދު ގައްސާން އާދަމް
  • މުހައްމަދު އިސްމާއީލް ލަޔާން
  • މުހައްމަދު އަރުހަމް
  • އިޖާޒް މުހައްމަދު
  • މުހައްމަދު ނަސަލް އަބްދުﷲ
  • އަބްދުﷲ ޝައިމާން ވަހީދު
  • ހުސައިން ހަމީސް އަލީ

މިއަހަރު އޮންނަ އޭޝިއަން ގޭމްސްގައި ލީގު އޮފް ލެޖެންޑްސްގެ އިތުރުން ފަސް ގޭމެއް ހިމެނޭނެއެވެ. އެއީ ސްޓާ ކްރާފްޓް2، ހާތުސްޓޯން އަދި ޕްރޮ އެވޮލިއުޝަން ސޮކާ (ޕެސް)ގެ އިތުރުން މޯބައިލް ގޭމް ކަމަށްވާ ކްލޭޝް ރޯޔަސް އަދި އެރީނާ އޮފް ވަލޯއެވެ.

އޭގެ ތެރެއިން ރާއްޖެއިން ކޮލިފިކޭޝަންގައި ވާދަކުރާނީ ލީގު އޮފް ލެޖެންޑްސް، ކްލޭޝް ރޯޔަލްސް، ސްޓާ ކްރާފް2 އަދި ޕެސްގައެވެ. އެގޮތުން ކްލޭޝް ރޯޔަލްސްގެ ކޮލިފިކޭޝަނަށް ރާއްޖޭގެ ގޭމިން ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަަނަ ދުވަހު ހޮންގް ކޮންގަށެވެ. މިއަހަރަކީ އޭޝިއަން ގޭމްސްގައި ލީގު އޮފް ލެޖެންޑްސް ހިމެނި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (މީސާ)އިން ބުނެފައި ވަނީ ވެއިޓްނާމްގައި ކުޅޭނ ކޮލިފައިން މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 11 އަދި 21 ވަނަ ދުވަހު ވިއެޓްނާމްގެ ޖީޖީ އީސްޕޯޓް ސްޓޭޑިއަމްގައި ކަމަށެވެ.

ރާއްޖޭގެ އެތުލީޓުން ބައިވެރިމިވާ ކޮލިފިކޭޝަން މުބާރާތް އިންތިޒާމްކޮށްފައި ވަނީ އޮލިމްޕިކްސް ކައުންސިލް އޮފް އޭޝިއާ، އޭޝިއަށް އިލެކްޓްރޯނިކް ގޭމްސް ފެޑެރޭޝަން އަދި އިންޑޮނޭޝީޔާ އޭޝިން އޮގަނައިޒޭޝަން ކޮމިޓީއާއި ގުޅިގެންނެވެ.

މީގެ ކުރިން 2013 ވަނަ އަހަރު އޭޝިއަން ގޭމްސްގެ އީސްޕޯޓްސްގެ ފީފާ ކެޓަގަރީގައި ވާދަކޮށް ރާއްޖެއިން ވަނީ އޭޝިއާގެ ފަސްވަނަ ހޯދައިފައެވެ.

comment ކޮމެންޓް