ކުޑަކުދިންގެ ހިޔާގައި އުޅޭ 47 ކުދިންނަށް އާކުން ރޯދަވިއްލުމެއް ދީފި

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ (ފިޔަވަތީ)ގައި ދިރިއުޅޭ ކުދިންނަށް އާކުން ބޭއްވި ރޯދަވީއްލުމުގެެ ތެރެއިން-- ފޮޓޯ: އާކް

ވިލި މާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭޭ 47 ކުދިންނަށް، ކުޑަކުދިންގެ ހައްގުތަކަށް ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އެޑޮވޮކޭޓް ޗިލްރަންސް ރައިޓްސް (އާކު)ން އިއްޔެ ރޯދަ ވިއްލުމެއް ދީފި އެވެ.

އާކުން ރޯދަވީއްލުން ބާއްވާފައި ވަނީ މާގިރި ހޮޓެލްގައި އިއްޔެ ހަވީރު އެވެ. މިއީ ޝެވަލް ބްލަންކް ރަންދެލިން ސްޕޮންސާ ކޮށްގެން ބޭއްވި އިވެންޓެކެވެ.

އާކްގެ އަހަރީ ރޯދަވީއްލުމަކީ 2009 ވަނަ އަހަރު އާކް އުފެދުނީއްސުރެ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާ ހަރަކާތެކެވެ. އާކްގެ ޝެލްޓާ ސަޕޯޓް ޕްރޮގްރާމްގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެތަންތަނުގައި ދިރިއުޅޭ ކުދިންނަށް ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގައި އެތަންތަނާއި ވަރަށް ކައިރިން އާކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އާކުން، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުންނަ ކުދިންނަށް ވެސް މިދިޔަ މަހު 30 ވަނަ ދުވަހު ހުންނަ ހޮޓެލް އޯސިއާން ގްޜޭންޑްގައި ރޯދަވީއްލުމެއް ވަނީ ބާއްވައިފި އެވެ.

އާކުން ބުނީ ދާދި ފަހުން ކުޑަކުދިންގެ ހިޔާތަކުގައި ދިރިއުޅޭ ކުދިންނަށް ކަސްރަތު ޕްރޮގްރާމަކާއި އަދި އާޓް ޕްރޮގްރާމެއް ވެސް ހިންގައިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ކޮމްޕިއުޓަރު ކޯޑިންގް ޕްރޮގްރާމެއް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހިންގުމަށް ހަމަޖެހިފާވާ ކަމަށް ވެސް އާކުން ބުންޏެވެ.

comment ކޮމެންޓް