ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ތިން މީހަކު ހޯދަނީ

ކވ: ށ.ފުނަދޫ، ނިޔާމަ، މުޙައްމަދު ޖައިލަމް އިބްރާހީމް - ހއ.ހޯރަފުށި، ފިތުރޯނުގެ، ޢަދުނާން ޤާސިމް އަދި ކ.ދިއްފުށި، އޮނުފީނިގެ، ޝަހީމް އަޙްމަދު -- ފޮޓޯ/ ޕޮލިސް

ފުލުހުން ތަހުގީގުކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ފޮޓޯ އާންމުކޮށްފިއެވެ.

ނަމަވެސް މި މީހުން ހޯދަމުން އަންނަނީ ކޮން މައްސަލަތަކަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލަތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ހއ. ހޯރަފުށި، ފިތުރޯނުގެ، އަދުނާން ގާސިމް (47އ)އާއި ށ. ފުނަދޫ، ނިޔާމަ، މުހައްމަދު ޖައިލަމް އިބްރާހީމް (21އ) އަދި ކ. ދިއްފުށި، އޮނުފީނިގެ، ޝަހީމް އަހުމަދު (51އ)އެވެ.

މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް