ކުރުނބާ އިން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރޯދަ ވީއްލުމެއް ދީފި

ކުރުނބާއިން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ދިން ރޯދަ ވީއްލުން---

ކުރުނބާ މޯލްޑިވްސްގެ ފަރާތުން ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ޚާޢްސަ ރޯދަ ވީއްލުމެއް ދީފި އެވެ.

މި މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެން ދިޔަ މި ރޯދަވީއްލުމުގައި އިންޑިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ޚާއްޞަ ކެއުންތަކާއި ކުޑަކުދިންނަށް ކަމުދާނެ ކެއުންތައް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ކުދިންގެ މުނިފޫހިފިލުވުމުގެ ޙަރަކާތެއްގެ ގޮތުގައި ކުއިޒެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސް އިން ވަނީ ތަފާތު ޙަރަކާތްތައް ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ބާއްވައިފަ އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ، އާކުން ބުނީ "ކުރުނބާ މޯލްޑިވްސް" އަކީ ކުންފުނިތަކުން ރާއްޖޭގައި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުމަށް އާކުން ކުރިޔަށްގެންދާ "ކޯޕަރޭޓް އެމްބެސެޑާ ޕްރޮގްރާމް"ގެ އެންމެ މަތީ ދަރަޖަ "ޗެމްޕިއަން އޮފް ޗައިލްޑް ރައިޓްސް"ގެ ގޮތުގައި މަސައްކަތްކުރާ ފަރާތް ކަމަށެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހަކީ ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މީގެ އިތުރަށް ކުޑަކުދިންގެ ޙައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މަގްސަދެކެވެ.

comment ކޮމެންޓް