ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެއެވެ.
މިއީ އަރީފްގެ މައްސަލަ ތާވަލު ކުރުމަށް ފަހު ކެންސަލް ކުރި ދެ ވަނަ ފަހަރެވެ.
އަރީފްގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް 31 ހެއްކެއް ވަނީ ހުށަހަޅާފައެވެ. ދައުލަތުން އަރީފްގެ މައްޗަށް ހުށަހަޅާފައިވާ 31 ހެކީގެ ތެރޭގައި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ވެސް ހިމެނެއެވެ.
އަރީފަށް މި ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރު ޕޮލިސްް ކޮމިޝަނަރަކަށް ހުންނަވައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ދުރާލައި ރާވައި، ފުލުހުންގެ އޮޕަރޭޝަން ސިސްޓަމަށް ބަދަލު ގެނެސް އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާއެވެ.