ކްލިކް ކޮލެޖުން 135 ދަރިވަރަކު ދަސްވެނިވެއްޖެ

ކްލިކް ކޮލެޖުގެ ގްރެޖުއޭޝަން--- ފޮޓޯ: ކްލިކް ކޮލެޖް

ކްލިކް ކޮލެޖުގެ 135 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ކްލިކް ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހެރިއެޓް ވޮޓް ޔުނިވާސިޓީގެ ޑިގްރީކޯސްތަކާއި، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސްތަކާއި، ޑިޕްލޮމާ އަދި ބެޗެލާރސް ޑިގްރީއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި، އޭ.ސީ.ސީ.އޭގެ ސެޓިފައިޑް އެކައުންޓިނގް ޓެކްނީޝަން ކޯސް ފުރިހަމަ ކުރި ދަރިވަރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކޮލެޖުގެ ޕްރެޒިޑެންޓް ނައުޝާދު މުހައްމަދު ވިދާޅުވީ، 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ އިމްތިހާނު ސެޝަނެއްގައިވެސް ކްލިކް ކޮލެޖުގެ ދަރިވަރުން އަންނަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަމުން ކަމަށެވެ.

ޓޮޕްޕޭޕާ ޕްރައިޒަކީ އޭ.ބީ.އީ އިން ބާއްވާ އިންޓަރނޭޝަނަލް އިމްތިހާނުން އެ މާއްދާއަކުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރަކަށް ދޭ އެވޯޑެވެ. ޕޭޕާ ޕްރައިޒް ލިބުމަކީ އޭބީއީގެ 423 އެކްރެޑިޓް ކޮލެޖްގެ ތެރެއިން ފާހަގަ ކޮއްލެވޭ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ތިން ދަރިވަރަކު ވަނީ ޓޮޕް ޕޭޕާ އެވޯޑު ހާސިލް ކޮށްފައެވެ. މީގެ އިތުރުން އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި ފާހަގަކޮށްލެވޭ ލެކްޗަރާ އިންނަށްވެސް މި ހަފްލާގައިވަނީ ސެޓްފިކެޓް ދީފައެވެ.

comment ކޮމެންޓް